ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް އެމްޑީޕީން މިއަދު ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހުއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.
ވޯޓުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސޯބެ ކަޓުވާލުމަށް ފަހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އަލީ ނިޒާރެވެ. ފަލާހު ކަޓުވާލުމަށް ފަހު އެމްޑީޕީގެ ޓިކެޓު ހޯއްދެވީ އިސްމާއިލް ރަފީގެވެ.
ވާދަވެރި މާލޭ ސިޓީޣެ މޭޔަރުކަން ޝިފާ ކަޓުވާލުމަށް ފަހު ހޯއްދެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.
ޕްރައިމަރީން ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންނެވުމުން ސޯބެ ކުރެއްވި ޓުވީޓެއްގައި ވަނީ ނިޒާރުއަށް މަރުހަބާ ވިދާޅުވެފައި އެވެ. އަދި އެމްޑީޕީ އާއި އެކު އަބަދުވެސް ހުންނާނެކަމަށް ވިދާޅުވި އެވެ.
https://twitter.com/SobeAbdulla/status/1223318241218453504
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް