މާސްކާއި މެޑިކަލް ބައެއް އާލާތްތައް އިންޑިއާއިން ބޭރުކުރުން މަނާކޮށްފި

ގޭސް މާސްކާއި ސާޖިކަލް/މެޑިކަލް މާސްކާއި އިތުރު ބައެއް މެޑިކަލް އާލާތްތައް އިންޑިއާއިން އެކްސްޕޯޓް ކުރުން އެ ގައުމުން މަނާކޮށްފިއެވެ. އެގޮތަށް ނިންމާފައިމިވަނީ ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު އެ...

31 Jan 2020 | 19:09

ގޭސް މާސްކާއި ސާޖިކަލް/މެޑިކަލް މާސްކާއި އިތުރު ބައެއް މެޑިކަލް އާލާތްތައް އިންޑިއާއިން އެކްސްޕޯޓް ކުރުން އެ ގައުމުން މަނާކޮށްފިއެވެ.

އެގޮތަށް ނިންމާފައިމިވަނީ ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު އެ ގައުމުގެ ގައުމީ ރައްކާތެރި ކަމަށް ވިސްނާފައި ކަމުގައި ބެލެވެއެވެ.

މި ނިންމުން އިންޑިއާއިން ނިންމައި މިކަން އިއުލާނުކޮށްފައިވާއިރު ކޮރޯނާ ވައިރަހަށް އިންޑިއާގެ ރައްޔިތަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ގިނަ ބަޔަކު އޮބްޒާވް ކުރަމުންވެސް އެބަ ދެއެވެ.

ޗައިނާއިން ފެނި ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިވައިވާ ކޮރޯނާ ވައިރަހުގައި ޗައިނާއިން މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އަރާފައެވެ. ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 10 ހާހާއި ގާތްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް