ރައީސްކަން ކުރަން އަޅުގަނޑަށް ފަސް އަހަރު ދިގު: ރައީސް ސޯލިހް

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަން އެމަނިކުފާނަށް ފަސް އަހަރު ދިގު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ޖަޒީރާ ހޮޅުއަ...

01 Feb 2019 | 10:42

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަން އެމަނިކުފާނަށް ފަސް އަހަރު ދިގު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަން ފަސް އަހަރު އެމަނިކުފާނަށް ދިގު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ފަސް އަހަރު ދިގު ކަމަށެވެ. ފަސް އަހަރަށްވުރެ އަވަހަށް ރައްޔިތުން ކައިރިއަށް ދާންޖެހޭނެހެން ހީވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެ ވާހަކަފުޅާއެކު ރައީސް ސުވާލެއް އުފެއްދެވިއެވެ. އެއީ އެންމެ ރަނގަޅު ގޮތަކީ އިންތިހާބުވާ މީހުން އަނެއްކާވެސް ވީހާވެސް އަވަހަށް ރައްޔިތުން ގާތަށް ދިޔުންތޯ؟ ނުވަތަ ގިނަ އިރު މަގާމުގައި ހުރުންތޯ؟ އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައުންސިލަރުންގެ ދައުރު ތިން އަހަރަށް ހެދުމުގައި ގާނޫނު އަސާސީ އެކުލަވާލިއިރު ވެސް ވިސްނެވި ކަމަށާއި އެހެން ގައުމުތަކުގައި ވެސް ކައުންސިލުންގެ ދައުރު ކުރު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް