އިންޑޮނޭޝިޔާގެ އާސޭ ޕްރޮވިންސްގައި އާންމު މާހައުލެއްގައި ބެއްދި ލޯބިވެރިން ތަކެއްގެ ގައިގާ ހައްދު ޖަހައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންހެނަކާއި ދެ ފިރިހެނެއްގެ ގައިގާ ހައްދު ޖަހާފައިވަނީ އާންމުންގެ ކުރިމަތީގައި އެންމެނަށް ފެންނާނޭ ގޮތަށް މިސްކިތެއް ހިމެނޭ ސަރަހައްދެއްގައެވެ. އާންމު ތަނެއްގައި ބައްދާ ގައިގޯޅިވެ އުޅުމަކީ އެ ރީޖަނުގެ އިސްލާމިކް ގާނޫނުގެ ދަށުން މަނާ ކަމެކެވެ.
އެތައް ސަތޭކަ ބައެއްގެ ކުރިމަތީގައި ހައްދު ޖަހާފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި އަންހެނެއްގެ ގައިގައެވެ. އަދި އުމުރުން 35 އަހަރުގެ ފިރިހެނެއްގެ ގައިގައެވެ. އުމުރުން 35 އަހަރުގެ ފިރިހެން މީހާގެ ގައިގާ ހައްދު ޖަހާފައިވަނީ ފިހާރައެއްގެ ތެރޭގައި އުމުރުން 40 އަހަރުގެ އަންހެނެއްގެ ގައިގާ ބައްދައިގެން ތިބިކަން ފަޅާއެރުމުންނެވެ. 40 އަހަރުގެ އަންހެން މީހާގެ ގައިގާ ހައްދު ނުޖެހީ މެޑިކަލީ ފިޓް ނޫން ކަމަށް މެޑިކަލް ބޯޑަކުން ނިންމުމުންނެވެ. ނަމަވެސް ފަހުން ހައްދު ޖަހާނެ ކަމަށް ބުނެފައިވެއެވެ.
މި ތިން މީހުންގެ ގައިގާ 17 ފަހަރު ހައްދު ޖަހާފައިވެއެވެ. މި ހަތަރު މީހުންގެ ގައިގާ ހައްދު ޖަހަން ނިންމީ ދެތިން މަސް ވަންދެން ޖަލުގައިވެސް ބޭތިއްބުމަށްފަހުގައެވެ.
އާސޭގައި މިކަން މިގޮތަށް ކުރަމުން އަންނައިރު އިންޑޮނޭޝިޔާގެ ސުމަތުރާގެ ބައެއް ހިސާބުތަކުގައިވެސް ހައްދު ޖެހުން އޮވެއެވެ. އެގޮތުން ޖުވާ ކުޅުމާއި ރާ ބުއިމާއި އެއް ޖިންސުން ގުޅުން ހިންގުމާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމުން ސުމަތުރާގައިވެސް ހައްދު ޖަހާ އުޅެތެވެ.
މިދިޔަ ޑިސެމްބަރު މަހު ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި ދެ ފިރިހެނެއްގެ ގައިގާ ހަމަ މިގޮތަށް 100 ފަހަރު ހައްދު ޖަހާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް