މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލާން، މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު ނާދިރާ ނިންމަވައި އެކަން އިއުލާނު ކުރައްވައިފިއެވެ.
ނާދިރާ މިކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ބިސްމީގެ ބަރަކާތުން ފަށާފައިވާ އެ ޓްވީޓްގައި ނާދިރާ ވިދާޅުވެފައިވަނީ މާތް ﷲގެ ވާގިފުޅާއެކު 2019 ގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލާން ނިންމަވާފައިވާކަމަށެވެ.
"އަޅުގަނޑު ދާއިރާގެ ރައްޔިތުންގެ އަޑު އަހާނަން. އަދި އެ އަޑު އިއްވުމުގައި ސާބިތު ކަމާއެކު ހުންނާނަން" ނާދިރާ ވިދާޅުވެފައިވެއެވެ.
https://twitter.com/a_nadraa/status/1091220612779958277
އެ ޓްވީޓްގައި ކެމްޕޭން ޕޯސްޓަރަކާއި ޅެންބައިތެއްވެސް ހިމަނުއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް