ދެމަފިރިން ކުރެ މީހަކު ނަމާދު ނުކުރާނަމަ ކައިވެނި ރޫޅޭނެ: ޑރ. އިޔާޒް

ދެމަފިރިން ކުރެ މީޙަކު ނަމާދު ނުކުރާނަމަ ކައިވެނި ރޫޅޭނެ ކަމުގައި ދީނީ އިލްމުރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒް މިހެން ވިދާޅުވީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގަ...

01 Feb 2019 | 05:10

ދެމަފިރިން ކުރެ މީޙަކު ނަމާދު ނުކުރާނަމަ ކައިވެނި ރޫޅޭނެ ކަމުގައި ދީނީ އިލްމުރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވަ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ސުވާލުގައި އަހާފައިވަނީ ނަމާދުކުރާ އަންހެނަކާއި ނަމާދުނުކުރާ ފިރިހެނެއްގެ ކައިވެނި ސައްހަ ވާނެތޯ؟ އެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ނަމާދަކީ ދީނުގެ ތަނބުކަމަށާއި ނަމާދު އެޅުމަކީ މީހާ ދީނުން ބޭރުވާކަމެއް ކަމަށެވެ. ދެމަފިރިން ކުރެ މީހަކު ނަމާދު ނުކުރާނަމަ ކައިވެނި ރޫޅޭނެ ކަމަށެވެ.

ހަމަ މި މައުލޫގައި ސުވާލު އިތުރަށް ކޮށްފައިވާއިރު އަހާފައިވަނީ އަނބިމީހާ އާއި ފިރިމީހާ ނަމާދު ނުކޮށް ތިބުމަށްފަހު އަނެއްކާވެސް އަލުން ފަށައިފިނަމަ އަލުން ކައިވެނި ކުރަން ޖެހޭނެތޯ؟ އެވެ.

ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ދެމީހުންވެސް ނަމާދު ނުކުރާނަމަ އަލުން ނަމާދު ކުރަން ފެށުމުން ކައިވެނި އާކުރަން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް