ޖަލުގައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި، މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމް ކުރުމާއެކު މިރޭ ގެއަށް ވަންނާނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލާފައި ކަމުގައި އިދިކޮޅު ކޯލީޝަނުން ބުނެފި އެވެ. އ
އިދިކޮޅު ކޯލީޝަންގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ އިސްތިއުފާ ދެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް އެބަ އޮތް ކަމަށާއި އިސްތިއުފާ ނުދީފިނަމަ ގެއަށް ވަންނާނީ ވެރިކަން ވައްޓާލާފައި ކަމަށެވެ.
ސުޕްރީމް ކޯޓުން މިރޭ އިއްވި ހުކުމާއިއެކު ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިރޭ ބޮޑެތި ކަންތައްތަކެއް ހިނގާފާނެ ކަމުގައި ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް