ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާ ވުމަށް ސިފައިންނާއި ފުލުހުންނަށް ރައީސް މައުމޫން ގޮވާލައްވައިފި

ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާކަމަށް ބުނެފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދިވެސް އިތުރު ބައެއް ކަންކަން އަންގާ ސުޕްރީމް ކޯޓުން މިރޭ ކޮށްފައިވާ ހުކުމަށް ސިފައިންނާއި ...

01 Feb 2018 | 18:11

ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާކަމަށް ބުނެފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދިވެސް އިތުރު ބައެއް ކަންކަން އަންގާ ސުޕްރީމް ކޯޓުން މިރޭ ކޮށްފައިވާ ހުކުމަށް ސިފައިންނާއި ފުލުހުން ތަބާވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި އެވެ.

އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމަށް ސިފައިންނާއި ފުލުހުން ގަދަރުކޮށް ތަބާވުމަށް ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް