ސިޔާސީ ބޮޑު ކަމެއް މިރޭ ހިނގާފާނެ ކަމުގެ އަޑުތައް ފެތުރެނީ !

އިދިކޮޅު ސިޔާސީ ފަރާތްތަކުން ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވާއިރު މިރޭ ސިޔާސީ ގޮތުން ބޮޑު ކަމެއް ހިނގާފާނެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ. މި އަޑުތައް މިގޮތަށް ފެތުރެން ފަށާފައ...

01 Feb 2018 | 16:16

އިދިކޮޅު ސިޔާސީ ފަރާތްތަކުން ސުޕްރީމް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައިވާއިރު މިރޭ ސިޔާސީ ގޮތުން ބޮޑު ކަމެއް ހިނގާފާނެ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

މި އަޑުތައް މިގޮތަށް ފެތުރެން ފަށާފައިވާއިރު އިދިކޮޅު ހަރުގެތަކާއި ޖަގަހަތަކަށް އަންނަނީ އެއްވަމުންނެވެ. އަދި އެއްވުމަށްވެސް އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ބޮޑު ނިންމުމެއް ނިންމާން އުޅޭ ކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ފުލުހުން އަންނަނީ ސުޕްރީމް ކޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ނޫސްވެރިންވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

https://twitter.com/MDPSecretariat/status/959056592019718145

މި ފަދަ އަޑުތަކެއް ފެތުރިފައިވާއިރު އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހަމްދު ކުރަމުންނެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނަމުން އަންނަނީ ފެތުރެމުން އަންނަ އަޑުތައް ވެގެންދާނީ ހަމަ "ޖަމަފު ފޮޑި" އަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް