މިޔަންމާގެ ލީޑަރު އައުން ސަން ސޫ ކީ ދިރިއުޅޭ ގެއަށް ޕެޓްރޯލު ބޮމެއް އެއްލާފައިވާކަމަށް މިޔަންމާ ސަރުކާރުން ބުނެފި އެވެ.
މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ބުނެފައިވަނީ މިއަދު އެ ގެއަށް އަމާޒުކޮށް އެއްލާފައިވަނީ ޕެޓްރޯލު ބޮމެއް ކަމަށާއި ނަމަވެސް އެ ބޮން އެ ގެއަށް އެއްލި އިރު ސޫ ކީ ގޭގައި ނޫޅޭ ކަމަށެވެ.
އެ ބޮމުގެ ސަބަބުން އެ ގެއަށް ބައެއް ގެއްލުންތައް ލިބުނު ކަމަށް ބުނެފައިވީނަމަވެސް ގެއްލުމުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.
މިޔަންމާގެ ރާކިން ސްޓޭޓްގައި ދިރިއުޅޭ ރޮހިންގާ މުސްލިމުންނަށް މިޔަންމާގެ ސަރުކާރުގެ އެއްބާރުލުމާއެކު ދެމުން އަންނަ އަނިޔާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ސޫކީ އަށް ފާޑު ކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް