އަލަށް ނެޓު ލާން ނަމަ އުރީދޫގެ ފަރާތުން މިއޮތީ ސަޅި އޮފަރ އެއް

އުރީދޫގެ ސުޕަރނެޓް އަލަށް ޙިޔާރުކުރައްވާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަނާއިމެދު އުރީދޫގެ ސީއީއޯ ނަޖީބް ޚާ...

01 Feb 2018 | 14:28

އުރީދޫގެ ސުޕަރނެޓް އަލަށް ޙިޔާރުކުރައްވާ ކަސްޓަމަރުންނަށް، އެއް އަހަރުގެ މުއްދަތަށް މަހުފީ އިން %30 ޑިސްކައުންޓް ލިބޭ ޕްރޮމޯޝަން އެއް މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނާއިމެދު އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއަދުގެ ދުނިޔޭގައި، ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަށް އިންޓަރނެޓްގެ ދައުރު ވަނީ ވަރަށް މުހިންމުވެފައި ކަމަށާއި އަދި މި ފުރުސަތުގެ ބޭނުން ހިފުން ކޮންމެ ބޭފުޅަކަށްވެސް ހައްޤުވެގެންވާ ކަމަށެވެ.

"އުރީދޫގެ އަމާޒަކީ އެއްދުވަހުން އަނެއްދުވަހަށް ނެޓްވަރކް ވަރުގަދަކޮށް، ވީހާވެސް ގިނަ ބޭފުޅުންނަށާއި، ގެތަކަށާއި، ވިޔަފާރިތަކާއި ހަމައަށް ވާސިލުވުން. މިގޮތުން، އަޅުގަނޑުމެންގެ ސުޕަރނެޓްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަހަންމިއްޔަތުކަން ދޭކަމެއްކަމުން، އަޅުގަނޑުމެންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ތަޢާރަފްކުރެވިގެންދަނީ ވަރަށް ހިތްގައިމު ޕްރޮމޯޝަނެއް." އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ކޮންމެ ބޭފުޅަކަށްވެސް، ހެޔޮއަގުގައި ހަލުވި ސްޕީޑްގެ ބްރޯޑްބޭންޑު ބޭނުން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް އުރީދޫ އިން ކުރާ މަސައްކަތުގެ ދަށުން، ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދެނީ އެކްޓިވޭޝަން ފީ އަކާއި ނުލައެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫ އިން ފޯރުކޮށްދެއެވެ. މި ޚިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/supernet އަށް ޒިޔާރަތްކުރަށްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް