މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޖީއެސްޓީއާއި އަދި އެއާއި ގުޅޭ ޖޫރިމަނާގެ ގޮތުގައި ނުވަ ލައްކައަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހުކުމް ކޮށްފައިވަނީ އެކްމަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. އެ ކުންފުނީގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ 28 ޖަނަވަރީ 2018 ވަނަ ދުވަހުގައި އެވެ.
އެކްމަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީ.އެސް.ޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 957,785ރ (ނުވަ ލައްކަ ފަންސާސް ހަތް ހާސް ހަތް ސަތޭކަ އަށްޑިހަ ފަސް ރުފިޔާ)، 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް