ރާއްޖޭގެ މުޖްތަމައަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އިން ހިންގާ ކޮމިއުނިޓީ ޕްރޮގްރާމް "އަހަރެންގެ ބޭންކް" ކެމްޕޭން މިއަދު ފަށައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ތަފާތު ހަރަކާތަކާއެކު ބީއެމްއެލްގެ "އަހަރެންގެ ބޭންކް" ކެމްޕޭން މިއަދު ރަސްމީކޮށް ފަށާފައިވަނީ އެ ބޭންކްގެ ހެޑް އޮފީހުގައި އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މި ކެމްޕޭން ފަށާފައިވނީ މިދިޔ އަހަރުގައި އެވެ. މިޔަ އަހަރެކޭ އެއްގޮތަށް މި ކެމްޕޭންގެ ދަށުން މި ހިނގާ ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ހިދުމަތް ކޮށްދިނުމަށް ކޮންމެވެސް ހާއްސަ ކަމެއް ބޭންކުން ކުރާނެ ކަމުގައި އެ ބޭންކުން މައުލޫމާތު ދެ އެވެ.
ބޭންކުން މައުލޫމާތުދޭގޮތުގައި މި ހަރަކާތުގެ މަގުސަދަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ދެމެހެއްޓެނެވި މަޝްރޫއު ހިންގުމަށް މިދިޔަ އަހަރުވެސް ކުރިއަށްގެންދިޔަ ހަރަކާތްތައް މި އަހަރުވެސް ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް އެ ބޭންކުން ބުންޏެވެ.
މި ކެމްޕޭން ފެށުމުގެ ގޮތުން، ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ "އަހަރެންގެ ބޭންކް" މި ކެމްޕޭންގެ ދަށުން ކަންކަން ކުރިއަށް ގެންދާނީ ހަމަ އެކަނި ފެބްރުއަރީ މަހުގެ ތެރޭގައި ނޫން ކަމަށެވެ. މުޅި އަހަރުތެރޭގައި މި ކެމްޕޭންގެ ދަށުން 60 އަށްވުރެ ގިނަ ހަރަކާތް ކުރިއަށްގެންދަން ބޭންކުން ނިންމާފައިވާކަމަށެވެ.
ބޭންކްގެ ސީއީއޯ ވިދާޅުވީ ބޭންކުން ކުރަމުން އަންނަ މަސައްކަތުން ރަމްޒުކޮށްދެނީ ހިދުމަތް ދެމުންގެންދާ އާންމުންގެ ބޭނުންތައް ފުއްދައިދީ ހިދުމަތްތައް ތަރައްގީ ކުރުމަށް ބޭންކުން ކުރަމުން އަންނަ ބުރަ މަސައް ކަމަށެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ތިމާވެއްޓާ ގުޅޭ ހަރަކާތްތަކާއި، ޗެރިޓީގެ ހަރަކާތްތަކާއި، ކުޑަކުދިންނާއި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށްގެންދާން ނިންމާފައިވާއިރު ބޭންކްގެ ސީއީއޯ އިތުރަށް ވިދާޅުވީ، އެ ހަރަކާތް ތަކުގެ ތެރެއިން އާ ޕާޓްނާޝިޕްތަކަކާއި، ސީއެސްއާރް ހަރަކާތްތައް ފެނިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް