ރޮނާލްޑޯގެ އެއްބަސްވުން 2023 ވަނަ އަހަރާ ހަމައަށް އާ ކުރުމަށް ޔުވެންޓާސް އިން މަޝްވަރާ ފަށައިފި

ރޮނާލްޑޯގެ އެއްބަސްވުން 2023 ވަނަ އަހަރާ ހަމައަށް އާ ކުރުމަށް ޔުވެންޓާސް އިން މަޝްވަރާ ފަށައިފިއެވެ. ޔުވެންޓާސް އާއެކު ރޮނަލްޑޯ މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރަށް ހަމަވާ އިރު، މީޑިއާ ރި...

01 Jan 2020 | 07:29

ރޮނާލްޑޯގެ އެއްބަސްވުން 2023 ވަނަ އަހަރާ ހަމައަށް އާ ކުރުމަށް ޔުވެންޓާސް އިން މަޝްވަރާ ފަށައިފިއެވެ.

ޔުވެންޓާސް އާއެކު ރޮނަލްޑޯ މިހާރު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރަށް ހަމަވާ އިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޑުބާއީގައި ދާދިފަހުން ބޭއްވި ގްލޯބަލް ސޮކަރ އެވޯޑްސް ހަފުލާގައި ޔުވެންޓަސްގެ އެއްބަސްވުން އާކުރުމާއި ބެހޭގޮތުން ރޮނާލްޑޯ އޭނާގެ އޭޖެންޓް ޖޯޖް މެންޑިސް އާއެކު ވަނީ މަޝްވަރާކޮށްފައެވެ.

މިހާރުގެ ކޮންޓްރެކްޓަށް 12 މަސް އިތުރު ކުރުމަށްފަހު ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރު ފަބިއޯ ޕަރާޓިސީ ހުރީ ރޮނާލްޑޯއަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ހުށަހެޅުމަށް ތައްޔާރަށްހުރިކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެއްބަސްވުން އާކޮށްފިނަމަ، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭ ހިމެނޭ ރޮނާލްޑޯއަށް އާ އެއްބަސްވުމުގެ ދަށުން އަހަރަކު 30 މިލިއަން ޕައުންޑްގެ މުސާރައެއް ޔުވެންޓަސް އިން ދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް