މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ނައިވާދޫއަށް ލައްގައިފި

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ. ނައިވާދޫ ގޮނޑު ދޮށަށް ލައްގައިފި އެވެ. އެރަށު ކައުންސިލުން މީޑިއާގައި ބުނެފައިވަނީ ހަށިގަނޑު ލެއްގި ކަމުގެ ރިޕޯޓު ކުރީ ހެނދުނު 10:00 ހާއިރު ކަމަށެވެ. ވަރަށް ބޮޑަ...

01 Jan 2019 | 10:39

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހދ. ނައިވާދޫ ގޮނޑު ދޮށަށް ލައްގައިފި އެވެ.

އެރަށު ކައުންސިލުން މީޑިއާގައި ބުނެފައިވަނީ ހަށިގަނޑު ލެއްގި ކަމުގެ ރިޕޯޓު ކުރީ ހެނދުނު 10:00 ހާއިރު ކަމަށެވެ. ވަރަށް ބޮޑަށް ކުނިވެފައިވާ އެ ހަށިގަނޑު ލައްގާފައިވަނީ ނައިވާދޫ އިރުމަތީ ފަރާތު ގޮނޑުދޮށަށެވެ.

އެ ކައުންސިލުން ބުނީ ބަލާބެލުމަށް އެއީ އަންހެނެއްގެ ހަށިގަނޑެވެ. އެގޮތަށް ގަބޫލު ކުރެވުނީ ލައިގެން އޮތް ހެދުމުން ކަމަށް ބުނެފައިވެ އެވެ. މިހާރު އެކަން ތަހުގީގު ކުރުމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން ދަނީ ނައިވާދޫގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެކަމުގެ ރިޕޯޓުކޮށްފައިވަނީ މެންދުރު 12:00 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ލެއްގި ހަށިގަނޑުގެ ބައެއް ގުނަވަންތައްވެސް ނެތެވެ. އެގޮތުން މޫނުމަތި ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު ލޯވަޅައި އަނގަ މަތި އަދި ނޭފަތް ވަނީ ހަލާކުވެ ވަޅު ހެދިފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް