ޑެންގީ ހުން ޖައްސާ މަދަރި މުޅި ރާއްޖެއިން ނައްތާލެވިދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގައި މަދިރިއާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމުގެ ގަވައިދުތައް ތަންފީޒު ކުރަން ފަށަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން ފައިލޭރިއާއި މެލޭރިއާ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ. މިހެން ކަންތައްތައް ވެފައިވާއިރު ޑެންގޫ ހުންވެސް ރާއްޖެއިން ނައްތާލެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށެވެ.
ހެލްތު މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، އެބޭފުޅާ މިކަން އެފެއްޓެވީ ވަަރަށް ބޮޑު އަމާޒަކާއި އުންމީދަކާއި އެކީގައި ކަމަށާއި އަދި މިނިސްޓްރީގެ އަމާޒަކީ ޑެންގޫ ހުން ރާއްޖެއިން ނައްތާލުން ކަމަށެވެ. އަދި މި އަމާޒަށް ހާސިލުވެވޭނީ މުޖުތަމައުގެ އެންމެންވެސް އެކީ އެކައްޗެއް ކިޔައި މަސައްކަތްކޮށްގެން ކަމަށެވެ.
އެކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ، މާލޭގައިވެސް މަދިރި އާލާވާ ގޮތަށް ވަރަށް ގިނަ ތަންތަން ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، އަދި ސާފުތާހިރު ނުކޮށް ނުވަތަ މަދިރި އާލަވާ ގޮތަށް އާންމުން ތަންތަން ބަހައްޓާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، މުޅި ރާއްޖެއިން މަދަރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވަރާއި ސުފާސޫފި މަދުކުރުމުގެ ޕްރޮގްރާމެވެ. މީގެ އިތުރުންވެސް ތިމާވެއްޓާއި ގުޅުން ހުރި އެތައް މަސައްކަތެއް އަލަށްފަށްޓައި ތަންފީޒުކުރަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް