ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ: އެމްޕީއެލް

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގައި ހަދާފައިވާ ބަސް ސްޓޮޕް ތަކުގައި އާއްމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ....

01 Jan 2019 | 06:58

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މާލޭގައި ހަދާފައިވާ ބަސް ސްޓޮޕް ތަކުގައި އާއްމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އެމްޕީއެލްގެ މެނޭޖަރ އިބްރާހީމް މައުމޫނު ވިދާޅުވީ، ބަސް ސްޓޮޕްތައް ހިޔާރުކުރުމުގެ މަސައްކަތް ކުރިއަތް އޮތް ހަފްތާގައި ނިމޭނެ ކަމަށެވެ. އަދި އެ މަސައްކަތާއި އެކު ބަސް ދަތުރުކުރާ ރޫޓާއި ގަޑިތައްވެސް ފަސޭހައިން އާއްމުންނަށް ފެންނާނެހެން ބަސް ސްޓޮޕްތަކުގައި ބަހައްޓާނެ ކަމަށެވެ.

ފަސޭހައިކަމާއިއެކީ މަޑުކޮށްލެވޭނެ ފަދަ އިންތިޒާމެއް ގާއިމުކޮށްފައި ހުރީ ހަމައެކަނި މައި ބަސް ޓާމިނަލްގައެވެ. އެހެން ބަސް ސްޓޮޕްތަކުގައި އާއްމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ އެއްވެސް އިންތިޒާމެއް ގާއިމުކުރެވިފައެއް ނުވެއެވެ.

އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ، މަހްޖޫބު ވިދާޅުވި ގޮތުގައި ބަސް ސްޓޮޕްތަކުގައި ކިއު މެނޭޖްކުރެވޭނެ ގޮތެއް އަދި ހަމަޖައްސާފައި ނެތް ނަމަވެސް، ބަހަށް އެރުމުގައި ކުޑަކުދިންނާއި އަންހެނުންނަށް ބަލައި އެކަމަށް ހާއްސަ ސަމާލުކަމެއް ދެމުން ގެންދާކަމެވެ.

ބަހުގެ ހިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށްޓަކައި އާއްމުންގެ އެއްބާރުލުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް