ތޫފާން އުސްމާނުގައި ފިލިޕިންސުން މަރުވި މީހުންގެ އަދަދު 68 އަށް

ޔަހޫދީން ފާހަގަކުރާ ކުރިސްމަހަށްފަހު ފިލިޕީންސަށް އެރި ތޫފާން "އުސްމާން" ގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ. ގަދަ ވަޔާއި ވިއްސާރައާއެކު ފިލިޕީންސަށް އަރާފައިވާ މި ތޫފާނުގައި 57 މީހަކު މަ...

01 Jan 2019 | 06:28

ޔަހޫދީން ފާހަގަކުރާ ކުރިސްމަހަށްފަހު ފިލިޕީންސަށް އެރި ތޫފާން "އުސްމާން" ގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ.

ގަދަ ވަޔާއި ވިއްސާރައާއެކު ފިލިޕީންސަށް އަރާފައިވާ މި ތޫފާނުގައި 57 މީހަކު މަރުވެފައިވަނީ ފަރުބަދަ މަތީ ސަރަހައްދެއް ކަމުގައިވާ ބިކޯލް ރީޖަނުންނެވެ. މެނީލާގެ ދެކުނު އިރުން އޮންނަ ސަމަރުގައި 11 މީހަކު މަރުވެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ ގައުމަށް އެރި މި ތޫފާނަށް ދީފައިވާ ނަމަކީ "އުސްމާން" އެވެ. މި ތޫފާނުގައި ކުރި ވިއްސާރައިގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ތޫފާނުގައި މިހާ ގިނަ ބަޔަކު މަރުވާން މެދުވެރިވި ސަބަބަކީ އެގައުމުގެ ތޫފާން މިންކުރާ މިންގަނޑުތަކުން މިއީ ތޫފާނެއް ކަމުގައި ބަލައިނުގަނެ ދުރާލާ އިންޒާރުތައް ދީފައި ނުވުމުންނެވެ.

މި ތޫފާނުގެ ސަބަބުން 68 މީހަކު މަރުވެފައިވާއިރު 17 މީހަކު އަންނަނީ ގެއްލިގެން ހޯދަމުންނެވެ. 40 ހާހަށްވުރެ ގިނަ މީހުން ވަނީ ސަލާމަތީ އައްސޭރިތަކަށް ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް