2019 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާ އެއް ކިޔައިފި

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް، މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ. މިއަހަރުގެ އެ ފަހުރުވެރި ނަސީބ...

01 Jan 2019 | 06:21

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް، މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ހޫނު މަރުހަބާ އެއް ކިޔައިފިއެވެ. މިއަހަރުގެ އެ ފަހުރުވެރި ނަސީބު ހޯދާފައިވަނީ ސަަޢޫދީ އަރަބިއްޔާގެ ރައްޔިތެއްކަމަށްވާ ޚާލިދު ކަރީމަށެވެ.

ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި، އެމްއެމްޕީއާރުސީގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްގެ ވީއައިޕީ ލޯންޖުން މި ފަތުރުވެރިޔާއަށް، މަރުހަބާ ދެންނެވީ، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި އަދި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ޠޮއްޔިބު މުހައްމަދެވެ. ޚާލިދް ކަރީމް މިދަތުރު އައިސްފައިވަނީ ކައިވެންޏަށް 10 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށެވެ. މިއަދު ހެނދުނު 6:00 ގައި ޖެއްސި އޮމާންގެ ފްލައިޓުން ޚާލިދު ކަރީމް ރާއްޖެ އައިސްފައިވަނީ އެނާގެ އާއިލާއާއި އެކީއެވެ.

މީގެ އިތުރުން، ޚާލިދްގެ އާއިލާއަށް ވަނީ " އާވީ ނޭޗާސް ޕެރެޑައިސް" ރިސޯޓްގެ ފަރާތުން އެއްހަފްތާ ވަންދެން އެރިސޯޓުގައި ހިލޭ ހުރުމުގެ ފުރުސަތުވެސް ދީފައެވެ. އަދި މިދަތުރަށް ފަހު ރާއްޖެއަށް ދެން ޒިޔާރަތް ކުރާ ފަހަރުވެސް އެހަފްތާ ވަންދެން އެރިސޯޓްގައި ހުރެވޭނެ ކަމަށް އާވީ ނޭޗަރ ޕެރެޑައިސް އިން ބުނެއެވެ.

އާ އަހަރާއެކު، ރާއްޖޭގެ ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް މިހާރު މިވަނީ ވަަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ގިނަ ތަންތަނުގެ އޮކިއުޕަންސީ މިހާރުވެސް އުޅެނީ 90 ޕަސެންޓުން މަތީގައެވެ. ފާއިތުވި އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް