މަދިރިއާއި އަދި އެނޫވެސް ބަލިފަތުރާ ސޫފާސޫފި ދެނެގަނެ، އެ އެއްޗެހި މަދުކުރުމަށް ލެބެއް ގާއިމްކުރާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭގައި މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މަދިރި މަދުކުރުމުގެ ގޮތުން ޒަމާނީ ހޯދުންތަައް ތައާރަފު ކުރާނެ ކަމަށެވެ. އެގޮތުން އެނޮޓޮމޮލޮޖީ ލެބެއް ގާއިމްކޮށް، އެފަދަ ތަކެތި މަދު ކުރެވޭނެ ރިސާޗުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ މަދިރިއާއި ބަލި ފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދު ކުރުމުގައި ކައުންސިލްތައް ބާރުވެރި ކުރުން މުހިއްމު ކަމަށެވެ. އަދި ބަލިފަތުރާ ޖަނަވާރާއި ސޫފާސޫފި މަަދު ކުރުމަކީ ވަކި އިދާރާއެއްގެ ޒިންމާ ކަމަށް ބެލެވިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަދިރިއާއި ބަލިފަތުރާ އެހެނިހެން ޖަނަވާރާއި ސޫފާސޫފި މަދުކުރުމުގެ ޕްރޮގްރާމް މިއަދު ވަނީ އަމަލީގޮތުނަ ފަށާފައެވެ. އަދި ޕްރޮގްރާމް ކުރިޔަށް ދާނެ ގޮތުގެ އަތްމަތީ ފޮތެއްވެސް ވަނީ ލޯންޗް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް