އުރީދޫ އެމް-ފައިސާއިން ބިލް ދައްކާނަމަ ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަރ ކިންގުން 15 % ޑިސްކައުންޓް

އުރީދޫ މޯލްޑިވްސް އަދި މައިނަރ ފުޑް މޯލްޑިވްސް ގުޅިގެން މައިނަރ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ތަޢާރަފްކޮށްފިއެވެ. މިއާއެކު އެމްފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކ...

01 Jan 2019 | 05:41

އުރީދޫ މޯލްޑިވްސް އަދި މައިނަރ ފުޑް މޯލްޑިވްސް ގުޅިގެން މައިނަރ ފުޑް އައުޓްލެޓްތަކުން އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެގޮތް ތަޢާރަފްކޮށްފިއެވެ.

މިއާއެކު އެމްފައިސާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް އަދި ބާގަރ ކިންގްގެ ބިލުތަކަށް އެމްފައިސާ ވޮލެޓް މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައިނަރ ފުޑް އައުޓްލެޓް ތަކުންވެސް މިޚިދުމަތް ލިބިގެންދާނެއެވެ.

އުރީދޫއާއި މައިނަރ ފުޑް ގްރޫޕް ގުޅިގެން މި ތަޢާރަފްކުރި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ޚިދުމަތް ލިބިގަތުމުގެ މަގު ފަހިވެ، ކުރިމަގުގައި އިތުރު ފައިދާތައް ލިބުމުގެ މަގު ތަނަވަސް ވެގެންދާނެއެވެ.

މި ޚިދުމަތް ތަޢާރަފް ކުރެވުމާ ގުޅިގެން ޚާއްޞަ އޮފަރއެއްގެ ގޮތުގައި މައިނަރ ފުޑް އައުޓްލެޓްތަކުގެ ބިލުން އެމްފައިސާ ކަސްޓަމަރުންނަށް 15 އިންސައްތަ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެއެވެ. އުރީދޫ އެމްފައިސާ އެޕު ޑައުންލޯޑު ކުރެއްވުމަށްފަހު "ސްމާޓްޕޭ" އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކެވުމުން މި ޑިސްކައުންޓު ލިބިވަޑައިގަންނަވާނެއެވެ.

މައިނަރ ފުޑް ގްރޫޕުން މާލެ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިނަލްއަޤްވާމީ 5 ފުޑްޗެއިން އޮޕަރޭޓްކުރަމުންގެންދެއެވެ. މީގެ ތެރޭގައި ދަ ޕިއްޒާ ކޮމްޕެނީ، ދަ ކޮފީ ކްލަބް، ބާގަރ ކިންގް، ތައި އެކްސްޕްރެސް އަދި ޑެއިރީ ކުއީން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް