މަނީލީންޑަރ ކުރުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އާއި، ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ފުލުހަށް ހާޒިރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަނީ ލޯންޑަރިންގ ގެ މައްސަލައެއްގައި އާޒިމާ ޝަކޫރު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވާކަމަށެވެ.
"މަނީ ލޯންޑަރިންގ ކުރުމުގައި އެހީތެރިވެ، އަދި އެ ފާއިސާ އާއި ގުޅޭ ގޮތުން ހިންގުނު މުއާމަލާތްތަކުގެ ދޮގު މައުލޫމާތު ދައުލަތުގެ އިދާރާތަކަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އައިޝަތު އާޒިމާ ޝަކޫރު ވަނީ އިއްޔެ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރެވިފަ" ފުލުހުން ބުންޏެވެ.
އާޒިމާ ޝަކޫރުގެ މައްސަލައިގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުރި އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއްވެސް ފުލުހުން އަންނަނީ ތަޙުގީގުު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް