އަލިފުށީ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރ އަލިފުށީ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 03:45 ހާއިރު ކަމަށާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުން...

01 Jan 2018 | 06:02

ރ އަލިފުށީ ގެއެއްގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 03:45 ހާއިރު ކަމަށާއި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަމުންދިޔަ މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ ރޭ 05:00 ހާއިރު ކަމަށެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ، ނަމަވެސް ގޭގަ ހިފާ ގެންގުޅޭ ތަކެއްޗާއި ގޭގެ ބޮޑު ބަޔަކަށް ވަނީ ގެއްލުން ވެފައި" ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ހާދިސާ ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް