ކުރީގެ މަސްހޫރު ލަވަކިޔުންތެރިޔާ، މޭނާ ހައްސާނު އެނބުރި މިއުޒިކީ ދާއިރާއަށް އަތުވެއްޖެ އެވެ.
މޭނާ ހައްސާނު އެނބުރި މިއުޒިކަށް އަތުވެފައިވަނީ ބަޑިބޭހުގެ ކުޅިވަރާއި އެކު އާ އަހަރު ފެށުން ވަރަށް ކުލަގަދަކޮށް ހުޅުމާލޭގައި ފާހަގަކޮށް، އެޗްޑީސީން އިންތިޒާމް ކޮށްގެން ބޭއްވި މިއުޒިކް ޝޯގައި އެވެ.
ދައުލަތުގެ މީޑީއާއިން ހާމަކޮށްފައިވާގޮތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ،އާއަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި މިއުޒިކް ޝޯއަކީ ވަރަށްވެސް ފޯރިގަދަ ޝޯއެކެވެ. ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި މި ޝޯވ ބަލާލުމަށް ހުޅުމާލޭގައި ދިރުއުޅޭ މީހުންގެ އިތުރުން މާލެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި ހުޅުމާލޭގައި ޗުއްޓީ ހޭދަކުރަމުންދާ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ހިމެނެއެވެ.
މި ޝޯވ އެންމެ ފާހަގަވެގެންދިޔައީ ދިވެހިން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ހައްސާނު މިއުޒިކީ ދާއިރާއަށް އެނބުރި އައުން ކަމަށާއި މީގެ ތިން އަހަރުކުރިން މާލޭ ރާޅުގަނޑު ސަރަހައްދުގައި "ހައްޔަރުކުރުމުގެ ކުރިން" ނަމުގައި މިއުޒީކީ ދާއިރާއަށް އަލްވަދާއު ކިޔުމަށްފަހު މީ ހައްސާނު ސްޓޭޖަކުން ފެނުނު ފުރަތަމަ ފަހަރު ކަން ދައުލަތުގެ މީޑީއާއިން ހާމަކޮށްފައި ވެ އެވެ.
ރޭގެ ޝޯގައި ހައްސާނު، އޭނާގެ މިއުޒިކީ ކެރިއަރުގައި ކިޔާފައިވާ ބައެއް ލަވަތައް ހުށަހަޅާދީފައިވާއިރު ރޭގެ ޝޯގައި ހައްސާނުގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕްގެ ހުށަހެޅުންތަކާއި މޯލްޑިވިއަން އައިޑަލް ސީޒަން ދެއަކުން ތައާރަފްވި ޝަމްވީލް ޤާސިމްގެ ހުށައެޅުމެއްވެސް ވަނީ ފެނިގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް