ރާއްޖޭގައި ރައްކާތެރިކަމެއް ނެތްކަމަށް ސިފަ ކުރެވޭ ކަމަށާއި ފުރާނައާއިމެދު ބިރުވެތިވާކަމަށް ހިއުމަން ރައިޓްސް އެކްޓިވިސްޓް އަދި މޯލްޑިވްސް ޑެމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ބުނެފި އެވެ.
އޭނާ މިހެން ބުނެފައިވަނީ އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގައި އެވެ.
އަލްޖަޒީރާގައި ޝާއިޢު ކޮށްފައިވާ ހަބަރަކީ ޝަހިންދާގެ ޓްވީޓާއި ގުޅިގެން ފުލުހުން އެ މައްސަލަ ބަލާކަން ރިޕޯޓް ކޮށް ޝާއިޢު ކޮށްފައިވާ ހަބަރެކެވެ.
އަލްޖަޒީރާއަށް ދީފައިވާ އިންޓަވިއުގައި ޝަހިންދާ ބުނެފައިވަނީ އޭނާގެ ޓްވީޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި ފާޅުގައި އޭނާއަށް ދެމުން އަންނަ އިންޒާރުތަކުގެ މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ކަމަށެވެ.
"އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުން ލޭބަލް ކޮށްފައި އޮންނަނީ އިސްލާމް ދީނާއި ދެކޮޅު ބައެއްގެ ގޮތުގައި، އަދި އިސްލާމްދީން ނައްތާލަން އުޅޭ ހުޅަނގުގެ އޭޖެންޓުންގެ ގޮތުގައި" އަލްޖަޒީރާއަށް ދިން އިންޓަވިއުގައި ޝަހިންދާ ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް