ރައީސްގެ ދެކަނބަލުން، އާ އަހަރުގެ ޝޯ ބައްލަވާލައްވައިފި

2018 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި "ވެލްކަމް 2018" މިއުޒިކް ޝޯ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ބައްލަވާލައްވައ...

01 Jan 2018 | 03:20

2018 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި "ވެލްކަމް 2018" މިއުޒިކް ޝޯ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް، ބައްލަވާލައްވައިފި އެވެ.

ކާނިވާ ސަރަހައްދުގައި ރޭ ކުރިއަށްގެންދިޔަ މިއުޒިކް ޝޯގައި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމުގައިވާ މީކާ ސިންގް އަދި ރާހަތު ފަތޭ އަލީ ޚާން ވަނީ ލަވަތައް ހުށަހަޅައިދީފައި އެވެ. މީގެ އިތުރުން މުނިފޫހި ފިލުވުމުގެ އެތައް ބައިވަރު ހަރަކާތްތަކެއް ރޭގެ ޝޯގައި ކުރިއަށް ގެންގޮސްފައި ވެ އެވެ.

ރޭގެ ޝޯގެ ތެރެއިން، ރައީސް ވަނީ "ސާސްކަފުގެ 17" ނަމުގައި ފޮތެއް ނެރެދެއްވި އެވެ.

'ސާސްކަފު 17' ފޮތަކީ ވަކި ހަބަޔަކަށް ބަހާލައިގެން ވޭތުވެދިޔަ 17 އަހަރު ތެރޭ ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ މުހިންމު އެކިއެކި ކަންކަން ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މިގޮތުން މިފޮތް ބަހާލެވިފައިވާ ހަބައިގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ވެރިކަމާއި އިދާރީ ހިންގުން، މާލިއްޔަތާއި އިޤުތިޞާދު އަދި ރަށްވެހިކަމާއި އުމުރާނީ ތަރައްޤީ، ކާރިސާތަކާއި ބޮޑެތި ހާދިސާތައް، ދާޚިލީ ޙަރަކާތްތަކާއި އަމަންއަމާންކަން، ތަޢުލީމާއި ޞިއްޙަތު އަދި ޒުވާނުންނާއި ކުޅިވަރުގެ އިތުރުން ޤައުމިއްޔަތާއި އިޖުތިމާއިއްޔަތު އަދި މީޑިއާ އާއި ޓެކްނޮލޮޖީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް