Advertisement

ހުޅުމާލޭ ޓްރެކް ބައިނަލްއަގުވާމީ ފެންވަރަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 Oct 2026 | 22:35
-

ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކް، ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ ގަބޫލުކުރާ ފެންވަރުގެ ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި މަހު ފަށައިފިއެވެ.

ނިމުނު ސެޕްޓެމްބަރު މަހު ބޭއްވި "އަހާ" ފޯރަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ މި މަޝްރޫއު އޮކްޓޫބަރު މަހު ފެށޭނެ ކަމަށް އިއުލާނުކުރައްވައިފައެވެ. މިނިސްޓަރު އެ ފޯރަމުގައި ވިދާޅުވީ، މިހާރު ހުޅުމާލޭގައި އޮތް ޓްރެކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތޭ ޓްރެކެއް ކަމަށެވެ. އެހެންކަމުން އެ ޓްރެކްގައި އެތުލީޓަކު ރެކޯޑެއް ހެދި ނަމަވެސް، ވޯލްޑް އެތުލެޓިކްސްގެ އުސޫލުތައް އޮންނަ ގޮތުން، އެ ޖަމާއަތުން ގަބޫލުކުރާ ފެންވަރުގެ ޓްރެކެއްގައި ނޫނީ ރެކޯޑް ނުގުނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

ޓްރެކް ބަދަލުކުރުމަށް ބޭނުންވާ ސާމާނު މިހާރު އޯޑަރުކޮށް ނިމިފައިވާ ކަމަށާއި، ތަފުސީލީ ކުރެހުންތައް ވެސް ފައިނަލްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ޓްރެކްގެ މަސައްކަތް މުޅިން ނިންމައިލެވޭނެ ކަމަށް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް