Advertisement

މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދު ބެލުމުގެ ސާވޭއެއް ކުރަނީ

22 Sep 2026 | 17:12
މާލޭ މަގުމަތީޣައި އާންމުންގެ ބަޔަކު، މާލެ ސަރަހައްދުގެ ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދު ބެލުމުގެ ސާވޭއެއް މާދަމާ ފަށާނެ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

"ގޭބިސީތަކުގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާވޭ 2026"ގެ ނަމުގައި ގްރޭޓާ މާލެ ސަރަޙައްދުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ސާވޭއެއް ކުރުމަށް ނިންމައިފި އެވެ.

އެމްބީއެސްއިން ބުނީ ސާވޭ ކުރާނީ މާދަމާއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ސާވޭގައި މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ހޮވާލެވޭ ގޭބިސީތަކަކުންނެވެ.

Advertisement

މި ސާވޭގައި ކަނޑައެޅިފައިވާ ގޭބިސީތަކަށް އެމްބީއެސްގެ ޓީމުތައް ގޮސް މަޢުލޫމާތު އެއްކުރާނެއެވެ. ސާވޭގައި ހަރަކާތްތެރިވާ އެނިއުމަރޭޓަރުން ތިބޭނީ އެމްބީއެސްގެ ރަސްމީ ފާސް އަޅައިގެން އުޅޭ ބައެއްގެ ގޮތުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

މި ސާވޭގެ ޒަރީޢާއިން ގޭބިސީތަކުން އެވެރެޖްކޮށް ލިބޭ އާމްދަނީއާއި ކުރާ ޚަރަދުގެ މިންވަރު ދެނެގަތުމުގެ އިތުރުން ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު ކަނޑައެޅުމަށް ބޭނުންވާ ޑޭޓާ ހޯދުމަކީ އެއް އަމާޒު ކަމަށް ބުނެ އެވެ. ހަމައެއާއެކު ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ބުރަދަން އެކުލަވައިލުމާއި ގޭބިސީތަކުގެ މެދުގައި އާމްދަނީއާއި ޚަރަދުގެ ފަރަގު އޮތް މިންވަރު ބެލުމަށް ބޭނުންވާ މިންގަނޑުތައް ތައްޔާރުކުރުންވެސް މި ސާވޭގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތަށް ހޮވޭ ކޮންމެ ގޭބިސީއަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް އެމްބީއެސްއިން ވަނީ އެދިފައެވެ. އަދި މިހައިތަނަށް ޢާންމުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ ބިއުރޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މިފަދަ މުހިންމު ސާވޭތަކަށް ބައެއް ގޭބިސީތަކުން މީގެ ކުރިން އެއްބާރުލުން ދީފައިނުވާކަމީ ހިތާމައާއި އެކު ފާހަގަ ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މީގެ ކުރިންވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެފައިވަނީ މިގޮތަށް އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ގައުމުގެ ކަންކަން ބައްޓަން ކުރަންވީ ގޮތް އެނގިގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް