Advertisement

ގެއްލުނު ފުލުސް އޮފިސަރު ހޯދުމުގައި އެހީވި ދެ ޑައިވަރުންނަށް ވަޒީރާއި ސީޕީގެ ޝުކުރު

11 Jun 2026 | 15:57
އޮފިސަރު ހޯދުމައް އެލީތެރިވި 2 ޑައިވަރުން - ފޮޓޯ: ޕޮލިސް

ފުލުހުންގެ ލޯންޗު 57 ގައި ޑިއުޓީގައި އުޅެނިކޮށް ގެއްލުނު ފުލުސް އޮފިސަރު ހޯދުމުގެ އޮޕަރޭޝަނުގައި އެހީތެރިވި ދެ ޑައިވަރުންނަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

މި އޮޕަރޭޝަނުގައި އެހީތެރިވެދީފައިވަނީ ކ. ގާފަރު ބްލޫ ހެވަން އަޙްމަދު ފައިޞަލް އާއި އއ. އުކުޅަސް މީރާޒް ޞައްދާމު އަޙްމަދެވެ. އެ ފުލުސް އޮފިސަރު ގެއްލިފައިވަނީ 2026 ޖޫން 11 ވީ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ ދެ ޑައިވަރުން ވަނީ އޮފިސަރު ހޯދުމަށާއި ހަށިގަނޑު ރިކަވަރ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Advertisement

މިނިސްޓަރާއި ކޮމިޝަނަރު ވަނީ އެ ދެ ޑައިވަރުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި އެ ނާޒުކު ވަގުތުގައި އަމިއްލައަށް އިސްނަންގަވައިގެން އެހީތެރިވެދެއްވި ކަމަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި ފުލުހުންގެ މުއައްސަސާގެ ނަމުގައި ޝުކުރު އަދާކުރައްވައިފައެވެ. އަދި މިފަދަ ކަންކަމުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ ދިވެހި މުޖުތަމަޢުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކާއި ޢާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް