Advertisement

ޗުއްޓީ ހޭދަކޮށްލުމަށް ސަމްޔުކްތާ ހެގްޅޭ ރާއްޖޭގައި

11 Jun 2026 | 15:03
ސަމްޔުކްތާ ހެގްޅޭ -

ކަންނާޑާ އަދި ތަމަޅަ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އިންޑިއާގެ ބަތަލާ ސަމްޔުކްތާ ހެގްޅޭ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

ސަމްޔުކްތާ ހެގްޅޭ މީގެ ކުރިންވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވެއެވެ. ދަތުރުފަތުރަށް ލޯބިކުރާ މި ތަރި ޑީޕް ސީ ޑައިވިންގ ފަދަ ކަނޑުގެ ހަރަކާތްތަކަށް ޚާއްޞަ ޝައުގުވެރިކަމެއް ބަހައްޓާ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ. އިންސްޓަގްރާމްގައި 1.4 މިލިއަން ފޮލޯވަރުން ތިބި ސަމްޔުކްތާ އަކީ ސޯޝަލް މީޑިއާގައި އޭނާގެ ދަތުރުތަކުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރާ ތަރިއެކެވެ.

Advertisement

ސަމްޔުކްތާ ފިލްމީ ދާއިރާއަށް ތަޢާރަފުވީ ރަކްޝިތް ޝެޓީ އާ އެކު ކަންނާޑާ ފިލްމް ކިރިކް ޕާޓީ (Kirik Party) އިންނެވެ. މި ފިލްމުގައި "އާރްޔާ"ގެ ރޯލް ކުޅެގެން ފިލްމްފެއާ ބެސްޓް ސަޕޯޓިންގ އެކްޓްރެސް (ކަންނާޑާ) އެވޯޑް ހާސިލުކުރިއެވެ. ތަމަޅަ ސިނަމާއަށް ތަޢާރަފުވީ ޖެޔަމް ރަވީ އާއި ކާޖަލް އަގަރްވާލް އާ އެކު ކޮމާލީ (Comali) ފިލްމުންނެވެ.

ފިލްމުތަކުގެ އިތުރުން އެމްޓީވީ ރޯޑީޒް ބިގް ބޮސް ކެނެޑާ (2017) އަދި އެމްޓީވީ ސްޕްލިޓްސްވިލާ ފަދަ ރިއާލިޓީ ޝޯތަކުގައިވެސް ސަމްޔުކްތާ ބައިވެރިވެފައިވެއެވެ. 2026 ވަނަ އަހަރުވެސް ފިލްމީ ދާއިރާ އާއި ޑިޖިޓަލް ކޮންޓެންޓްގެ ދާއިރާގައި ސަމްޔުކްތާ ހަރަކާތްތެރިކޮށް ދެމި ހުރެއެވެ.

ރާއްޖެ އަކީ ބޮލީވުޑް އަދި ސައުތް އިންޑިއަން ސިނަމާގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނައިން ޒިޔާރަތްކުރާ އެއް މަންޒިލެވެ. 

Advertisement

ކޮމެންޓް