އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގައި ވޯލްޑް ކަޕް ބެލުމަށް ބޮޑު ސްކްރީންތައް ބަހައްޓައިފި
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބޮޑު ސްކްރީނުން ބެލޭނެ އިންތިޒާމު ހުޅުމާލޭގެ ތިން ސަރަހައްދެއްގައި އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހަމަޖައްސައިފިއެވެ.
ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ތިން ސަރަހައްދަކީ ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކާއި ފޭސް 1 ގެ ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރިއާއި ފޭސް 2 ގެ ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރިއެވެ. މި ތިން ސަރަހައްދުންވެސް ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ދައްކާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާ އެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.