ތޮއްޑުއަށް ސީ ޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި
އއ. ތޮއްޑުއަށް ސީ ޕްލޭންގެ ދަތުރުތައް ފަށަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވިއަން އިން ބުނެފައިވަނީ މި ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ކުރިއަށްދާނެކަން ހާމަކޮށްފައިވާއިރު ދިވެހިންނަށް ޕްރޮމޯޝަނަލް ފެއަރގެގޮތުގައި ކޮޅަކަށް 799 އަށް ދަތުރުކުރެވޭނެކަންވެސް ހާމަކޮށްފައިވެއެވެ.
މޯލްޑިވިއަން އިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީ ޕްލޭންގެ ދަތުރުތައް ބ. ކަމަދުއަށް ފަށާފައެވެ.
ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ބައެއް އެހެން ރަށްރަށަށްވެސް ސީ ޕްލޭންގެ ދަތުރުތައް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އއ. އުކުޅަހާއި ނ. ވެލިދޫ ހިމެނެއެވެ.