ޒިޕްލައިން ގިވްއަވޭގައި ބައިވެރިވުމުގެ ފުރުޞަތު މިރޭ 12 އަށް ހަމަވާނެ

ދިރާގާއި ވަށްމާފުށި ގުޅިގެން ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗަރ މުޅިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދޭ ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑި މިރޭ 12:00 އަށް ހަމަވާނެއެވެ...

31 May 2026 | 14:55
N/A

N/A

ދިރާގާއި ވަށްމާފުށި ގުޅިގެން ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން އެޑްވެންޗަރ މުޅިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދޭ ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑި މިރޭ 12:00 އަށް ހަމަވާނެއެވެ.

މި ގިވްއަވޭގެ ކޮންމެ ނަސީބުވެރިއަކަށް ދެ މީހަކަށް ވަށްމާފުށީގެ ޒިޕްލައިން ހިލޭ ތަޖުރިބާކުރެވޭނެއެވެ. ބައިވެރިވުމަށް ދިރާގާއި ޒިޕްލައިން އެމްވީ އަދި ވިޒިޓް މާފުށީގެ އިންސްޓަގްރާމް އެކައުންޓް ފޮލޯކޮށް، ގިވްއަވޭގެ ޚާއްޞަ ޕޯސްޓް ޝެއާކޮށް، ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެހިން ޓެގްކޮށް، އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރުމަށް ފަހު ދިރާގާއި ޒިޕްލައިން އެމްވީ ޓެގްކުރަންޖެހެއެވެ.

ދިރާގުން ވަނީ ދާދި ފަހުން އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައިފައެވެ. މި ޕާޓްނަރޝިޕްގެ ދަށުން އެލީޓް މެންބަރުންނަށް ވަށްމާފުށީގެ ޚިދުމަތްތަކުން %5 ޑިސްކައުންޓް ލިބޭއިރު، އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗަރުން %10 ޑިސްކައުންޓް ލިބޭނެއެވެ. ބުކިން ހައްދަވާއިރު ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކައިލައިގެން ފަސޭހަކަމާ އެކު މި ޑިސްކައުންޓްތައް ބޭނުންކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް