ދިރާގު ސްޕީޑްބޯޓް ޕްރޮމޯޝަންގެ ފަހު ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ. އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ޚާއްޞަ އިވެންޓުގައި، ކ. މާ...

22 Jul 2026 | 07:05
N/A

N/A

ދިރާގުން ކުރިއަށް ގެންދިޔަ "ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ދޭ އެންމެ ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފިއެވެ.

އަލް ޝާލީ މެރިން ބޯޓްޔާޑުގައި ބޭއްވި ޚާއްޞަ އިވެންޓުގައި، ކ. މާލެއަށް އުފަން މުޙައްމަދު ޔޫސުފަށް ހަވާލުކުރީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕީޑްބޯޓެކެވެ. ބޯޓުގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނެއެވެ. ބޯޓު ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދެވެ.

ޔޫސުފަކީ ރާއްޖޭގައި ފިކްސްޑް ލައިން ޓެލެފޯނުގެ ޚިދުމަތް ފެށި ދުވަސްވަރުން ފެށިގެން މެދުކެނޑުމެއް ނެތި ދިރާގުގެ ޚިދުމަތް ބޭނުންކުރަމުން އަންނަ ކަސްޓަމަރެކެވެ. ދިރާގު މޯބައިލްގެ ޚިދުމަތް ބޭނުންކުރާތާ 28 އަހަރު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ބޭނުންކުރާ އަދި އަލަށް ގުޅުނު ކަސްޓަމަރުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. އޮގަސްޓު 2025 ގައި ފެށި މި ޕްރޮމޯޝަން ނިމުނީ މާރިޗު 31، 2026 ގައެވެ. ޕްރޮމޯޝަންގެ ދަށުން ދެ ސްޕީޑްބޯޓު ދީފައިވާ އިރު، ފުރަތަމަ ބޯޓު ލިބުނީ ޢަބްދުﷲ ސަޢީދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް