ދިރާގު ރޯޑު ރޭސްގެ ދުވުންތެރިން އަލުން ބޭނުން ކުރެވޭ ފެންފުޅި ގެންދިޔުމަށް އެދެފި

16 Nov 2026 | 09:32
މީގެ ކުރިން ބޭއްވި ދިރާގު ރޯޑު ރޭސްގައި ދުވުންތެރިން ދުވަނީ -- ފޮޓޯ: ދިރާގު

މީގެ ކުރިން ބޭއްވި ދިރާގު ރޯޑު ރޭސްގައި ދުވުންތެރިން ދުވަނީ -- ފޮޓޯ: ދިރާގު

މިއަހަރުގެ ދިރާގު ރޯސް ރޭހުގައި ބައިވެރިވާ ދުވުންތެރިން އަލުން ބޭނުން ކުރެވޭ ފެންފުޅި ގެންދިއުމަށް އެ ކުންފުނިން އެދެފި އެވެ.

މިއަހަރުގެ ދިރާގު ރޯޑު ރޭސް އޮންނާނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެވެ. ދިރާގުން އެދިފައިވަނީ ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކުން ދުރުވުމަށެވެ.

Advertisement

މި ދުވުމުގައި 2019 ވަނަ އަހަރުން ފެށިގެން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކު ވަނީ މުޅިން މަނާކޮށްފައެވެ. ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި މި ފަހަރު ވެސް ފެން ދޫކުރާނީ ކަރުދާސް ތައްޓެއްގައެވެ. ޕްލާސްޓިކް ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ފެންފުޅިއެއް ހިފައިގެން ދުވުމަށް ހުރިހާ ބައިވެރިންނަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ 18,000 ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެއެވެ. ރާއްޖޭގެ ކަނޑުގެ ނާޒުކު މާޙައުލު ޙިމާޔަތްކުރުމާއި ޕްލާސްޓިކް ކުނި މަދުކުރުމުގެ އަމާޒުގައި ބޮޑެތި ޢާންމު އިވެންޓްތަކުގައި ތިމާވެށީގެ ގެއްލުން ކުޑަކުރެވިދާނެކަން ޑީއެމްއާރްއާރް ވޭތުވެދިޔަ ހަ އަހަރު ސާބިތުކޮށްދީފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

މި އަހަރުގެ ދިރާގު ރޯޑު ރޭހުގައި 5,600 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް