N/A
ބޭންކް އޮފް މޯލްޑިވްސް ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް
ރެޖިސްޓްރޭޝަން ހުޅުވާލައިފިއެވެ.
މިއީ ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ
މުއާމަލާތްތައް ކުރެވޭ، 100% ދިވެހި އުފެއްދުމެއް ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ
ފުރުސަތެކެވެ.
ލިމިޓެޑް ރިލީޒްގައި ސްވައިޕް ބޭނުންކުރުމުގެ ފުރުސަތު
ލިބޭނީ swipe.mv މެދުވެރިކޮށް ރަޖިސްޓަރވާ ފުރަތަމަ
5،000 ކަސްޓަމަރުންނަށް ކަމުގައި ބީއެމްއެލްއިން ބުނެއެވެ.
އެ ބޭންކުން ބުނެފައިވާގޮތުގައި ރަޖިސްޓަރވުމަށްފަހު
ކަސްޓަމަރުންނަށް ސްވައިޕްގެ ފީޗަރތައް ބޭނުންކުރެވޭނެއެވެ. އެގޮތުން ޕަރސަން-ޓު-ޕަރސަން
ޓްރާންސްފަރތަކާއި ކިއުއާރް މެދުވެރިކޮށް ކުރެވޭ ފައިސާގެ މުއާމަލާތްތަކާއި ސްވައިޕް
މެދުވެރިކޮށް ހޭދަކުރެވޭ ގޮތުގެ އިންސައިޓްސް ބަލައިލެވޭނެއެވެ. މީގެ އިތުރުން ޕޭމަންޓް
ލިންކް ފޮނުވައި، ފަސޭހަކަމާއެކު ޓޮޕްއަޕްކޮށް،
ވޮލެޓްގައި ހުރި ފައިސާ ބީއެމްއެލް އެކައުންޓަށް އަނބުރާ ފޮނުވޭނެއެވެ.
ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ
މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާ އެއްގޮތަށެވެ. މަލްޓި-ކަރަންސީ
ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް
އެކައުންޓްތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެއެވެ.
ސްވައިޕަށް ރެޖިސްޓަރ ކުރާނެ ލިންކް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް