ސަބްސްކްރިޕްޝަން ޕޭމަންޓް ޑިކްލައިންވާ ނަމަ ހައްލު ހޯދައިދޭނެ: ބީއެމްއެލް

ސަބްސްކްރިޕްޝަން ޕޭމަންޓްތައް ހިފަހައްޓައިފައި ނުވާނެ ކަމަށާއި، ޑިކްލައިންވެފައިވާ ނަމަ ގުޅުމުން ވަގުތުން ހައްލު ހޯދައިދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލް އިން ...

05 Jun 2026 | 11:59
N/A

N/A

ސަބްސްކްރިޕްޝަން ޕޭމަންޓްތައް ހިފަހައްޓައިފައި ނުވާނެ ކަމަށާއި، ޑިކްލައިންވެފައިވާ ނަމަ ގުޅުމުން ވަގުތުން ހައްލު ހޯދައިދޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބްސްކްރިޕްޝަން ޕޭމަންޓްތަކަކީ ދުވާލެއްގެ ބޭރު ފައިސާ ޚަރަދުގެ ލިމިޓުގެ ތެރެއަށް ވައްދައިފައިވާ މުޢާމަލާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް ސަބްސްކްރިޕްޝަން ޕޭމަންޓް މާޗެންޓުންގެ ފަރާތުން ޑިކްލައިން ކޮށްފައި ހުރިކަން ފާހަގަވެފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ވަނީ ސަބްސްކްރިޕްޝަން ޕޭމަންޓް ޑިކްލައިންވެފައިވާ ކަސްޓަމަރުން ސީދާ ބޭންކާ ގުޅުމަށް އެދިފައެވެ.

ބީއެމްއެލްގެ ޕޯސްޓް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް