ލަންކާ ކާރިސާ: ހާލުގައި ޖެހުނު ފަރާތްތަކަށް އައިއޭސީއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި – ދިވެހިންނަށް ފުރުޞަތު ހުޅުވާލެވިފައި

ތޫފާން ދިތުވާގައި ސްރީލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށައިފިއެވެ. ގަދަ ވަޔާއި ބޯ ވިއްސާރަޔާއެކު ލަ...

30 Nov 2025 | 16:26
އައިއޭސީއިން ލަންކާގައި އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް -

އައިއޭސީއިން ލަންކާގައި އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށް -

ތޫފާން ދިތުވާގައި ސްރީލަންކާގައި ހާލުގައި

ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިންޓަނޭޝަނަލް

އެއިޑް ކެމްޕޭން (އައިއޭސީ) އިން ފަށައިފިއެވެ.

ގަދަ ވަޔާއި ބޯ ވިއްސާރަޔާއެކު ލަންކާއަށް އެރި ތޫފާނުގައި

އެ ޤައުމުގެ ކޯރުތައް ފުރި ބަންޑުންވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި

މުވާސަލާތާއި ކަރަންޓު ކެނޑުމުގެ ހާލަތުތައް ދިމާވެފައިވާއިރު މޫސުމީ މި

ކާރިސާގައި އެ ޤައުމުން މަރުވި މީހުންގެ ޢަދަދު މިހާރުވަނީ 194 އަށް އަރާފައެވެ.

ގެއްލިފައިވާ މީހުންގެ ޢަދަދު ވަނީ 228 އަށް އަރާފައެވެ.

އައިއޭސީއިން އެހީ ފޯރުކޮށްދެމުންދަނީ ލަންކާގައި އެ

ޖަމުޢިއްޔާގެ ޓީމުތައް ޤާއިމުވެތިބެ އެންމެ އެހީ ބޭނުންވާ ފަރާތްތަކާއި ހަމައަށް ވާސިލުވެގެންނެވެ.

އައިއޭސީ އެހީގެ ޓީމުތައް ލަންކާގައި - 

ލަންކާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އައިއޭސީ

މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު އެ ޖަމުޢިއްޔާއިން މިހާރު

ހުޅުވާލާފައިވާއިރު އައިއޭސީއިން ބުނެފައިވަނީ މިއީ އެންމެ އެކީ އެކައްޗެއް ކިޔާ އެހީވުމަށް

އަތުކުރި އޮޅާލަންވީ ވަގުތު ކަމަށާއި ސްރީލަންކާގެ ރައްޔިތުން މިވަގުވަނީ ދީލަތި އެހީއަށް

ބޭނުން ޖެހިފައި ކަމަށެވެ.

އެހީވުމަށް

👇🏻

ބީއެމްއެލް އިސްލާމިކް:

7770000062744

އެމްއައިބީ:

90101555002111003

އެކައުންޓް ނަން:

International Aid

Campaign

އައިއޭސީއިން ހިންގާ މިފަދަ ޕްރޮޖެކްޓް އަގުތައް ހަދަނީ

ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި،

އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް

12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް