ލަންކާ ކާރިސާ: މަރުވި މީހުންގެ ޢަދަދު 193 - ގެއްލިފައިވާ މީހުންގެ ޢަދަދު 228 އަށް

ތޫފާން ދިތުވާގައި ސްރީލަންކާއިން މަރުވި މީހުންގެ ޢަދަދު 193 އަކަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު މެންދުރު 12:00ގައި ހާމަކޮށްފައިވާ "ހާލަތު އަދ...

30 Nov 2025 | 07:01
ލަންކާ ފެނު އަޑީގައި - ފޮޓޯ: ނިއުސް ވަޔަރ

ލަންކާ ފެނު އަޑީގައި - ފޮޓޯ: ނިއުސް ވަޔަރ

ތޫފާން ދިތުވާގައި ސްރީލަންކާއިން މަރުވި މީހުންގެ

ޢަދަދު 193 އަކަށް އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ލަންކާގެ ޑިޒާސްޓަރ

މެނޭޖްމަންޓް ސެންޓަރުން މިއަދު މެންދުރު 12:00ގައި ހާމަކޮށްފައިވާ "ހާލަތު

އަދާހަމަ" ރިޕޯޓުގައެވެ.

އެ ރިޕޯޓުން ފެންނަގޮތުގައި މަރުވި މީހުންގެ ޢަދަދު

193 އަށް އަރާފައިވާއިރު ގެއްލިފައިވ މީހުންގެ ޢަދަދު ވަނި 228 އަށް އަރާފައެވެ.

އެ ރިޕޯޓުގައިވާގޮތުން އެންމެ ގިނައިން މީހުން

މަރުވެފައިވަނީ ބަޑުއްލާ އާއި ކެންޑީ އިންނެވެ. ބަޑުއްލާއިން 71 މީހަކު މަރުވެފައިވާއިރު

ކެންޑީ އިން 52 މީހަކު މަރުވެފައިވެއެވެ.

މީހުން އެންމެ ގިނައިން ގެއްލިފައިވަނީވެސް އެ ދެ

ސަރަހައްދުންނެވެ. ބަޑުއްލާއިން 53 މީހަކު ގެއްލިފައިވާއިރު ކެންޑީން 105 މީހަކު

ގެއްލިފައިވާކަމަށް ރެކޯޑުކޮށްފައިވެއެވެ.

ތޫފާން ދިތުވާ މިހާރު ލަންކާ ހުރަސްކޮށް ދަތުރުކޮށް

ބާރުވެސް ދަށްވެފައިވާއިރު ދިތުވާ ލަންކާއަށް އަރައި ހޭދަވި ވަގުތުތަކުގައި ގަދަ

ވަޔާއެއް ބޯކޮށް ވާރޭވެހުމުގެ ސަބުބުން ކޯރުތައް ފުރި ބަންޑުންވުމާއި ބިންގަނޑު

ކަނޑައިގެން ދިއުމުގެ ހާދިސާތައް ދިމާވިއެވެ.

މި ކާރިސާއާއި ގުޅިގެން އެ ޤައުމުން ވަނީ ބައިނަލްއަގުވާމީ

އެހީތެރިކަމަށް އެދި ގޮވައިލާފައެވެ. ލަންކާގެ އެ ގޮވައިލުމަށް އިޖާބަދީ ދިވެހި

ސަރުކާރުން ވަނީ ލަންކާއަށް 50 ހާސް ޑޮލަރާއި 25 ހާސް ދަޅު މަސް ހަދިޔާކުރަން

ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް