ތޫފާން ދިތުވާގައި ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި އަދިވެސް ވަނީ ފެންބޮޑުވެފައި - ފޮޓޯ: ނިއުސްވަޔަރ ލަންކާ
ތޫފާން ދިތުވާގައި ލަންކާއިން މަރުވި މީހުންގެ
ޢަދަދު 400 އިން މަތިވެއްޖެއެވެ.
ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު
ހެނދުނު 10:00ގައި ހިއްސާކޮށްފައިވާ ހާލަތު އަދާހަމައިގާ ބުނެފައިވާގޮތުގައި
މަރުވި މީހުންގެ ޢަދަދު ވަނީ 410 އަށް އަރާފައެވެ. ގެއްލިފައިވާ މީހުންގެ ޢަދަދު
ވަނީ 336 އަށް އަރާފައެވެ.
އިތުރު ބައެއް ޢަދަދުތަކަށް ބަލައިލާއިރު 565
ގެއެއް އެކުގައި ހަލާކުވެފައިވާއިރު އެކިވަރުގެ ގެއްލުން ލިބިފައިވާ ގެތަކުގެ
ޢަދަދު ވަނީ 20،271 އަށް އަރާފައެވެ. ގާތްގަނޑަކަށް ހަތަރު ލައްކަ ޢާއިލާއަކުން
1.4 މިލިޔަން ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާއިރު އޭގެ ތެރެއިން 64،483
ޢާއިލާއަކުން 233،015 ރައްޔިތުންނަށް 1،441 ސަލާމަތީ ހިޔާތަކުން އެހީތެރިކަން
ފޯރުކޮށްދެވިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ތޫފާން ދިތުވާ އަކީ ފާއިތުވި 47 އަހަރު ތެރޭގައިވެސް
ލަންކާއަށް އެރި އެންމެ ނުރައްކާތެރި ތޫފާނެވެ. ތޫފާނުގައި ގަދަވަޔާއެކު ބޯކޮށް
ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމާއި ކޯރުތައް ފުރި ބަންޑުން ޖަހާލައި ގިނަ
ގެތަކަކާއި މަގުތައް ހަލާކުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. ބައެއް
ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް