ލަންކާ ކާރިސާ: މަރުވި ޢަދަދު 300 އިން މައްޗަށް – ގެއްލިފައިވާ މީހުންގެ ޢަދަދު 400 އާ ގާތަށް

ތޫފާން ދިތުވާގައި ލަންކާއިން މަރުވި މީހުންގެ ޢަދަދު 300 އިން މައްޗަށް ގޮސްފިއެވެ. އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މިއަދު ހެނދުނު 06:00ގައި އާންމުކޮށްފައިވާ އަދާހަމައިން އެނގޭގޮތުގައި ތޫފ...

01 Dec 2025 | 01:38
ފެންބޮޑުވެފައިވާ ސަރަހައްދަކުން މީހުން ދަތުރުކުރާ މަންޒަރު - އޭއެފްޕީ ފޮޓޯ: އިޝާރާ އެސް ކޮޑިކަރާ

ފެންބޮޑުވެފައިވާ ސަރަހައްދަކުން މީހުން ދަތުރުކުރާ މަންޒަރު - އޭއެފްޕީ ފޮޓޯ: އިޝާރާ އެސް ކޮޑިކަރާ

ތޫފާން ދިތުވާގައި ލަންކާއިން މަރުވި މީހުންގެ

ޢަދަދު 300 އިން މައްޗަށް ގޮސްފިއެވެ.

އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން

މިއަދު ހެނދުނު 06:00ގައި އާންމުކޮށްފައިވާ އަދާހަމައިން އެނގޭގޮތުގައި ތޫފާނީ މި

ކާރިސާގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 334 އަށް އަރާފައެވެ. ގެއްލިފައިވާ

މީހުންގެ ޢަދަދު މިހާރު 370 އަށް އަރާފައިވާކަމަށްވެސް އެ އަދާހަމައިގާ ވެއެވެ.

އެންމެ ގިނައިން މީހުން މަރުވެފައިވަނީ އަދި

ގެއްލިފައިވަނީ ކެންޑީންނެވެ. ދެވަނައަށް ބަޑުއްލާއިންނެވެ. ތިންވަނައަށް ނޫރައްލިޔާއެވެ.

ކެންޑީން 88 މީހަކު މަރުވެފައިވާއިރު ބަޑުއްލާއިން 71

މީހަކު ވަނީ މަރުވެފައެވެ. ނޫރައްލިޔާއިން 68 މީހަކު މަރުވެފައިވެއެވެ.

ގެއްލިފައިވާ މީހުންގެ ޢަދަދުތައްވެސް އެ ތިން

ސަރަހައްދުގައި ގިނައެވެ. ކެންޑީން 150 މީހަކު ގެއްލިފައިވާއިރު ބަޑުއްލާއިން 53

މީހަކު ވަނީ ގެއްލިފައެވެ. ނޫރައްލިޔާއިން 64 މީހަކު ވަނީ ގެއްލިފައެވެ.

ލަންކާއަށް އެރި ތޫފާން ދިތުވާގެ ބާރުގައި، ބާރު ވަޔާއެކު

ވެހުނު ބޯ ވިއްސާރައިގާ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ ބައެއް ކޯރުތައް

ފުރި ބަންޑުންވެ އަދި ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެންގޮސް ގިނަ

ގެއްލުންތަކެއް ލިބިގެންގޮސްފައިވެއެވެ. ފެންބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުން

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނި ކުރިއަށެވެ.

ބައެއް ގެއްލުންތަކަށް ކުރުކޮށް ބަލައިލާނަމަ 15

ހާހަށްވުރެ ގެ ހަލާކުވެފައިވެއެވެ. ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތްތަކަށް

ބުރޫ އަރާފައިވެއެވެ. ދަތުރުފަތުރުގެ ނިޒާމު އެކުގައިހެން ވަނީ ހުއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް