ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕަލްސް
ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު
ހުޅުވާލައިފިއެވެ.
މިކަން އިޢުލާނުކުރެއްވީ އެ އިންތިޚާބަށް އެ ޕާޓީން
ކަނޑައެޅި ކެމްޕޭނު މެނޭޖަރު، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
ފަލާހް ވިދާޅުވީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު މާދަމައިން ފެށިގެން 15
ޑިސެމްބަރުގެ 18:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ.
ފަލާހް ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީ ވޯޓުލުން
ކުރިއަށްގެންދަން ނިންމާފައިވަނީ 27 ޑިސެމްބަރުގައެވެ. އަދި ޕްރައިމަރީގައި އެ
ރަށަކަށް ނިސްބަތްވާ ފޮށި މާލޭގައި މިފަހަރު ނުބަހައްޓާނެ ކަންވެސް ފަލާހު
ފާހަގަކުރެއްވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމުގެ
ފުރުޞަތު ޕާޓީގެ ހަމަ ކޮންމެ މެންބަރަކަށް ލިބިފައިވާކަމަށާއި 15 ޑިސެމްބަރުގެ
ކުރިއަށް ޕާޓީއާއި ގުޅިވަޑައިގަންނަވާ ފަރާތްތަކަށްވެސް އެ ފުރުޞަތު އޮންނާނެ ކަމުގައި
ވިދާޅުވިއެވެ. އަދި ދެ ކެނޑިޑޭޓަކަށްވުރެ އިތުރަށް ކެނޑިޑޭޓުން ކުރިމަތިލާ ކޮންމެ
ދާއިރާއެއްގައިވެސް ޕްރައިމަރީ ކުރިއަށްދާނެކަން ފަލާހް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް