އިންތިޚާބުގެ ނަތީޖާއާ މެދު އިދިކޮޅުން ދެކޭ ގޮތަކުން ފެންނަން އޮތް ހަގީގަތް އޮޅުވައެއް ނުލެވޭނެ: ޝުޖާއު

ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ އިދިކޮޅު އެމްޑީޕީން ބަލައިގަތަސް ނުގަތަސް، ފެންނަން އޮތް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް...

18 Apr 2026 | 09:50
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ހޯދި ކާމިޔާބީ އިދިކޮޅު އެމްޑީޕީން ބަލައިގަތަސް ނުގަތަސް، ފެންނަން އޮތް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ބައެއް ފަރާތްތަކުން މާކުރިން އުފާފާޅުކުރަމުން ދަނިކޮށް، އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި ރަސްމީ ނަތީޖާއިން ދައްކަނީ 581 ގޮނޑިއާއެކު ޕީއެންސީން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށެވެ. މިއީ ރަސްމީ ހަގީގަތް ކަމަށްވާއިރު، މެޗެއް ނިމުމުގެ ކުރިން އުފާފާޅުކުރި ނަމަވެސް، މޮޅުވާ ޓީމު ކަނޑައެޅެނީ ރެފްރީގެ ނިންމުމާއެކު ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެއިތުރުން، މި ނަތީޖާއަކީ ޕީއެންސީން އެންމެ ބޭނުންވި ފެންވަރުގެ ނަތީޖާއެއް ނޫން ކަމަށާއި، އުންމީދު ކުރީ މިއަށްވުރެ ބޮޑު ކާމިޔާބީއަކަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް، 2028 ވަނަ އަހަރަށް އަމާޒު ހިފައި، މި ނަތީޖާއިން ލިބުނު ފިލާވަޅުތަކާއެކު ޕާޓީގެ މަސައްކަތްތައް ވަރުގަދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވަނީ ޕީއެންސީގެ މެންބަރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް