ކޮބާ ! މާދަމާ މަގުބޫލު 12 ތާކުން ބީއެމްއެލްއިން ކޮފީ ބަހާލަން ނިންމައިފިއެއްނު !

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ ކޮފީގެ ދުވަހެވެ. ޚާއްޞަ މި ދުވަހާއި ގުޅުވައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިވަނީ ވަރަށް ޚާއްޞަ ކަމެއް މިއަދު އިޢުލާނުކޮށްފައެވެ. އެގޮތުނ...

30 Sep 2025 | 14:14
12 ތަނަކު 600 ފަރާތަކަށް ބީއެމްއެލްގެ ޚަރަދުގައި ކޮފީ ލިބިގެންދާނެ، އަދި 24 ފަރާތަކަށް 500 ރުފިޔާ ލިބުމުގެ ފުރުޞަތުވެސް -

12 ތަނަކު 600 ފަރާތަކަށް ބީއެމްއެލްގެ ޚަރަދުގައި ކޮފީ ލިބިގެންދާނެ، އަދި 24 ފަރާތަކަށް 500 ރުފިޔާ ލިބުމުގެ ފުރުޞަތުވެސް -

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގުވާމީ

ކޮފީގެ ދުވަހެވެ. ޚާއްޞަ މި ދުވަހާއި ގުޅުވައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން

މިވަނީ ވަރަށް ޚާއްޞަ ކަމެއް މިއަދު އިޢުލާނުކޮށްފައެވެ.

އެގޮތުން މާލެ، ހުޅުމާލޭގެ މަގުބޫލު 12 ތަނަކުން ހިލޭ

ކޮފީ ލިބޭނެ އިންތިޒާމު ބީއެމްއެލްއިން މިވަނީ ހަމަޖައްސާފައެވެ.

އެ ތަންތަނަކީ

* ކޮފީ ސްޓޭޓް

* މެރާކި ކޮފީ ރޯސްޓަރސް

* ފެމިލީ ރޫމް

* ކްލޭ ސްޓޫޑިއޯ ކެފޭ

* ލޫސީސް ކެފޭ އެންޑް ބިސްޓްރޯ

* ގްލޯރިއާ ޖީންސް ކޮފީ ބީޗް

* ޖޭޒް ކެފޭ

* ހޮޓެލް ޖެން މޯލްޑިވްސް

* ބިއާންކޯ ކޮފީ އެންޑް އީޓެރީ

* ކެފެއަރ

* ކޮފީ ބީން އެންޑް ޓީ ލީފް

މި އިން ކޮންމެ ތަނަކުން ފުރަތަމަ 50

ކަސްޓަމަރުންނަށް އެކު ޖުމުލަ 600 ފަރާތަކަށް އެގޮތުން ބީއެމްއެލްގެ ފަރާތުން ހިލޭ ކޮފީ ލިބިގެންދާނެއެވެ.

އަދި ނިމުނީކީ ނޫނެވެ. ކޮފީއާއެކު ޚިޔާރު ކުރާ އެހެން

ކާ ތަކެއްޗަށް ޕޭ ކުރާ ފަރާތްތަކާއި މާދަމާ ބީއެމްއެލް ކާޑު މެދުވެރިކޮށް ކުރާ

ހުރިހާ ވިޔަފާރިތައް ހިމެނޭހެން ގުރުއަތުން ހޮވޭ 24 ފަރާތަކަށް 500 ރުފިޔާގެ

ގިފްޓް ކާޑެއް ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް