އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއް -- ފޮޓޯ: އެމްޑީޕީ
ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް ނަޝީދު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީއެންއެފުން މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ހަގީގީ އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމުން އެ ވާހަކަފުޅު ދިރާސާކުރެއްވި ކަމަށެވެ. ޕީއެންއެފުން އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރަމުންދާ ކަމަށާއި ރައީސް މުޢިއްޒު އެ ވިދާޅުވަނީ އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުވުމުގައި ނުކުޅެދިފައިވާ ވާހަކަ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމްޑީޕީގެ އަސްލު ސޫރަ ނުފެންނަ ކަމަށާއި މަގުމަތީގެ ހަރަކާތްތަކާއި އިދާރާތަކަށް ގޮސް ސަރުކާރު ޒިންމާދާރު ކުރުވަން އެއްވެސް މަސައްކަތެއް އެމްޑީޕީން ނުކުރާ ކަމަށެވެ.
އަދި ނަޝީދު އެމްޑީޕީގެ ޗެއާޕާސަންކަން ހޯއްދެވުމަށް ކުރިމަތިލެއްވިއިރު ރައީސް މުޢިއްޒު އޮންނަވާން ޖެހިވަޑައިގަންނަވާނީ މުންޑު އަނދެގެން ގޭގައި ކަމަށް ވިދާޅުވި ކަން ފާހަގަކުރައްވައި މިއަދު މުންޑު އަނދެގެން ގޭގައި އޮތީ ކޮން ބޭފުޅެއްތޯ ސުވާލު އުފެއްދެވިއެވެ.
ޔާމީން މި މޭރުމުން ނަޝީދަށް ފާޑުވިދާޅުވުމުން ނަޝީދުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ރުޅިގަދަވެ ޔާމީނަށް ފާޑު ކިޔަން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް