ހައުސިން އެޅުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުމަށް ހަމަޖެހިފައިވޭ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ދިވެހި ކުންފުނިތަކާވެސް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ. މިކަން ހާމަކުރީ އެ ބޭނ...

29 Dec 2025 | 16:08
N/A

N/A

ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް ލީސިންގ

ކުންފުނިން އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ދިވެހި ކުންފުނިތަކާވެސް

ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

މިކަން ހާމަކުރީ އެ ބޭންކުގެ ތަރުޖަމާނު މުހައްމަދު

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ސައީދު ވިދާޅުވެފައިވަނީ ބީއެމްއެލް

އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން

ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު އިތުރު ހައުސިންގ

ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށާއި މިއާއެކު ޖުމުލަ 3000

އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ

ޖަނަވަރީ މަހު ފެށޭނެކަމަށެވެ.

މިއަދު ބީއެމްއެލްއިން ވަނީ ބޭރުގެ ބޮޑު ދެ

ކުންފުންޏަކާ ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް

މިއަދު ހަވާލުކޮށްފައެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ

ކުންފުނިން  މިއަދު ހަވާލުކުރި 2000

އަށްވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު

ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް