N/A
ދިރާގުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން
ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އަގުހުރި އޮފަރތަކެއް ތައާރަފުކޮށްފިއެވެ.
މި އޮފަރތަކުގެ ތެރޭގައި ހިމެނޭ ޕްލޭންތަކަކީ
ފްލެކްސީއަވަރ
މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންއެކެވެ. އެންމެ 10 ރުފިޔާއިން ފެށިގެން
5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަރނެޓް ބްރައުސްކުރުމަށާއި،
ސްޓްރީމް ކުރުމަށާއި، އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެއެވެ.
ސަޅި 365 ޑޭސް
ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް
765 ޖީބީ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް
އަހަރުގެ މުއްދަތައް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ. މި
ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް 1ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ،
300ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެއެވެ.
ސަޅި 180 ޑޭސް:
ސަޅި 180 ޑޭސް އޮފަރ އަކީވެސް ދިގު މުއްދަތަކަށް ގިނަ
ފައިދާތަކެއް ލިބިގެންދާ ޕްލޭންއެކެވެ. މި ޕްލޭންގެ ދަށުން 1 ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް
އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެއެވެ.
މި ޕްލޭންގައި ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރު 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް
ޑޭޓާ 180 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ލިބޭނެއެވެ.
ސަޅި 90 ޑޭސް:
ސަޅި 90 ޑޭސް އޮފަރއަކީ ކަސްޓަމަރުންނަށް ދުވާލަކަށް
2ޖީބީ ޑޭޓާ، 120ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް
ކޯލްސް ލިބޭނެ އޮފަރއެކެވެ.
ދިރާގުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް
ތަޖުރިބާ އިތުރަށް ތަރައްގީކޮށް، އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް
ހިތްގައިމު އޮފަރތައް ފޯރުކޮށްދީ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް