N/A
ސައޫދީ އަރަބިއްޔާގެ އަލްހަދީށާ ބޯޑަރު ހުރަސް ކުރާ ޕޮއިންޓުން ލޮރީއެއްގައި މުގު ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެ ގައުމަށް އެތެރެކުރަން މަސައްކަތްކުރި 1,950,581 އެމްފެޓަމީން ގުޅަ ކަސްޓަމްސް އިދާރާއިން ހޯދައި އަތުލައިގެންފިއެވެ.
ޒަކާތާއި ޓެކުހާއި ކަސްޓަމްސް އާ ބެހޭ އިދާރާ (ޒެޓްކާ) ގެ ތަރުޖަމާނު ހަމޫދް އަލްހަރުބީ ހާމަކުރެއްވި ގޮތުގައި ކަސްޓަމްސް އިޖުރާއާތުތައް ފުރިހަމަކުރުމުގެ ތެރޭގައި ސެކިއުރިޓީ ޓެކްނޮލޮޖީތަކާއި ޑިޓެކްޝަން އެކި ވަސީލަތްތައް ބޭނުންކޮށްގެން ލޮރީ ބަލައި ފާސްކުރުމުން މުގު ކަމަށް ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓުގެ ތެރެއިން މި ބޭސް ފެނިފައިވެއެވެ.
ތަރުޖަމާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވައި މުޖުތަމައު ރައްކާތެރިކުރުމަށް ޒެޓްކާ އިން ގައުމުގެ ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ކަސްޓަމްސް ފާރަވެރިކަން ހަރުކަށި ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގައި ދާހިލީ ވުޒާރާ އާއި މަސްތުވާތަކެތި ކޮންޓްރޯލްކުރާ އިދާރާ (ޖެނެރަލް ޑައިރެކްޓޮރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް) އެކު ގުޅިގެން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒެޓްކާ އިން ވަނީ ވަގު ވިޔަފާރީގެ ޝައްކު ކުރެވޭ ހަރަކާތެއް ފެނިއްޖެ ނަމަ އެ އިދާރާގެ ރިޕޯޓިން ޗެނެލްތައް މެދުވެރިކޮށް ރިޕޯޓުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ހުށަހެޅޭ ރިޕޯޓުތައް ސިއްރު ކުރެވޭނެ ކަމަށާއި ދެވޭ މައުލޫމާތު ސައްހަ ވެއްޖެ ނަމަ މާލީ އިނާމު ލިބޭނެ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެއެވެ.
ސައޫދީ އަރަބިއްޔާ އިން ދަނީ ބޯޑަރުތައް ހުރަސްކޮށް މަސްތުވާތަކެތި ވައްދަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް