ނޫސްވެރިން އުލު ބައިންދަން ގޮވި މައްސަލަ ތަހުގީގު ކުރުމާއިމެދު ޕީޖީ ކުރެން ފުލުހުން ލަފަޔަކަށް އެދިއްޖެ

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލު ބައިންދަން ގޮވާލި މައްސަލަ ތަހުގީގު ކުރުމާއިމެދު ދިވެހި ފުލުހުން ޕްރެސިއުޓަރ ޖެނެރަލް އޮފީސް ކުރެން ލަފަޔަކ...

29 Aug 2025 | 18:36
އެމްޕީ ފަލާހް -

އެމްޕީ ފަލާހް -

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލު ބައިންދަން ގޮވާލި މައްސަލަ ތަހުގީގު ކުރުމާއިމެދު ދިވެހި ފުލުހުން ޕްރެސިއުޓަރ ޖެނެރަލް އޮފީސް ކުރެން ލަފަޔަކަށް އެދިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާއި ގުޅިގެން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާއިމެދު ޤާނޫނީ ލަފައަކަށްއެދި ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ބަހުސް މަރުހަލާގައި މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހް ވިދާޅުވީ ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި ނޫސްވެރިން އުލު ބައިންދަންވީ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ނޫސްވެރިންގެ ޖަމުޢިއްޔާ، އެމްޖޭއޭއިންނެވެ.

ރަދީފް ބުނާގޮތުން އުލު ބޭންދުމަކީ މެރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް