ހުޅުމާލޭގައި ލޮރީއެއް ފުރޮޅާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުން ދަތުރުކުރި ލޮރީއެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފިއެވެ. ފަތިހު 05:25 އެހާކަންހާއިރު ހިނގި މި ހާދިސާގައި ފުރޮޅާލައިފައިވަނީ ވެލި އުފުލަމުންދިޔަ އުޅަނދެކެވެ...

29 Mar 2026 | 04:08
ލޮރީ ފުރޮޅާލާފައި /ފޮޓޯ: ވޮއިސް

ލޮރީ ފުރޮޅާލާފައި /ފޮޓޯ: ވޮއިސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުން ދަތުރުކުރި

ލޮރީއެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފިއެވެ.

ފަތިހު 05:25 އެހާކަންހާއިރު ހިނގި މި ހާދިސާގައި ފުރޮޅާލައިފައިވަނީ

ވެލި އުފުލަމުންދިޔަ އުޅަނދެކެވެ. ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި

އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ލޮރީ ފުރޮޅާލި

ވަގުތު މަގުބޭރުގައި ހުރި ގަހެއް ވަނީ މުލުން ލުހިގެން ވެއްޓިފައެވެ.

މި ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އެ

ސަރަހައްދަށް ގޮސްފައިވާއިރު، މާގިނައިރުތަކެއް ނުވެ ލޮރީ ވަނީ ނަގައި އެ

ސަރަހައްދުން ގެންގޮސްފައެވެ. މި އުޅަނދު ކޮޅަށް ޖަހާފައިވަނީ އެ ލޮރީގެ

ނިސްބަތްވާ ކުންފުނީގެ އެހެން ވެހިކަލްތައް ބޭނުންކޮށްގެންނެވެ. މިއީ ހުޅުމާލޭގައި

ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާ ބޮޑު ކުންފުންޏެއްގެ އުޅަނދު ކަމަށް

އެނގިފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން

މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ލޮރީ ފުރޮޅާލީ ބާރު ސްޕީޑުގައި ދުއްވާފައި

ގޮސް މަގުން އަނބުރާލަން އުޅުމުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް